ހިޔާ ފްލެޓް -- ފޮޓޯ: ޓްވިޓަރ

އަންނަ ޖުލައި މަހުގެ 14 އިން ފެށިގެން ހިޔާ ފްލެޓްތަކުގެ އެގްރީމަންޓުގައި ސޮއި ކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، 14 ޖުލައި އިން ފެށިގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުރިހާ ފަރާތްތަކުގެ އެގްރިމަންޓްގައި ސޮއި ކޮށް ނިމޭނެ ކަމަށެވެ.

މިކަން އިއުލާން ކޮށްފައި ވާއިރު، ހިޔާ ފްލެޓްގެ ބައެއް މަސައްކަތްތައް މިހާރުވެސް ވަނީ ކުރަމުންނެވެ. އެގޮތުން އިލެކްޓްރިކް މީޓަރު ހަރުކުރުމުގެ މަސައްކަތާއި، މެއިން ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު 16 އިމާރާތުގެ ތެރެއިން 9 އިމާރާތުގެ މެއިން ޕެނަލް ހަރުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު އެޕާޓްމަންޓްތަކުގައި އިލެކްޓްރިކަލް މީޓަރުތައް ހަރުކުރުން ޖުލައި 16 ހިސާބުގައި ނިންމުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް އިމާރާތް ކޮށްފައިވާ ގޮތުން، ފްލެޓްތައް ހަވާލު ކުރުމަށްފަހުވެސް ފްލެޓްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ތިން މަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް ނިންމާފައެވެ.

މިހާރު އޮތް ގޮތުން ނަމަ ހިޔާ ފްލެޓްތަކުގެ އަގަކީ 8500 ރުފިޔާއެވެ. ނަމަވެސް ފެލްޓްތަކުގެ އަގު ދަށަ ކުރުމަސް މާލެ ސިޓީ ކައުންސިލުގެ މޭޔަރ، ސަރުކާރާ މަޝްވަރާތަކެއް ކުރައްވަން ބޭނުންވާ ކަމަށް ފާހަގަ ކުރައްވާފައިވީ ނަމަވެސް މިހާރު ކަނޑައަޅާފައިވާ އަގަށް ބަދަލެއް އަންނާނެ ކަމަށް ދެންނެވެން ނެތް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.