ޚަބަރު
ހާލުގައިޖެހުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
އެމްއެންޑީއެފުން އެހީތެރިވެދިން ބޯޓު -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ނުވަ ފަޅުވެރިންނާއެކު މާލެއިން ފުރައިގެން ސ.ހިތަދޫއަށް ދަތުރުކުރަމުން ދިޔަ “އާގަލާ ކުއީން” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ލ.އިސްދޫ ކައިރިން ސްޓިއަރިންގ ފެއިލްވެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

އެހެންކަމުން “އާގަލާ ކުއީން” އަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ރީދޫ ސަމާލުވެސް ނެރެފައިވާއިރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހާލުގައި ޖެހިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ ވީހާވެސް އަވަހަށް އެމްއެންޑިއެފަށް ގުޅުމަށާއި ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top