ރައީސުލްޖުމްހޫރިއްޔާ،މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ޒިޔާރަތްކުރެއްވުން (5 ޖުލައި 2020) -- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ރާއްޖެ ހަ ސަރަހައްދަކަށް ބަހާލައިފި އެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ހޯމް މިނިސްޓަރު ރާއްޖެ ހަ ސަރަހައްދަކަށް ބަހާލައިފައިވާކަމަށެވެ. އަދި އިދާރީގޮތުން އިންތިޒާމުކުރެވިގެންވާގޮތް ކަނޑައެޅީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިންކަމަށް އިއުލާންގައިވެއެވެ.

ކެޕިޓަލް ޕޮލިސް ހިމެނޭ މާލެ ސަރަހައްދުކަމަށް ކަނޑައަޅާފައިވަނީ ގްރޭޓާރ މާލެ ސަރަހައްދަށެވެ. އޭގެއިތުރުން 5 ސަރަހައްދަކަށް ރާއްޖެ ބަހާލައިފައިވާއިރު ފުލުހުން ރީޖަނަލް ހެޑްކުއާޓަރުތައް ހުންނަ ރަށްރަށަކީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، އއ. ރަސްދޫ، ލ، ގަން އަދި އައްޑޫ ސިޓީ އެވެ.

އޭގެއިތުރަށް ސަބް ރީޖަނަލް އޮފީސްތައް ހުންނަނީ ދެ ރަށެއްގަ އެވެ. އެއީ ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫ އެވެ.

ފުލުހުންގެ ހިދުމަތަށް ސަރަހައްދުތައް ބަހާލެވިފައިވާގޮތް:

  1. ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަޙައްދު) ހެޑްކުއަރޓަރޒް މާލެ
  2. އަޕަރ ނޯތް ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ހދ. ކުޅުދުއްފުށި
  3. ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ރ. އުނގޫފާރު
  4. ނޯތް ސެންޓްރަލް  ޕޮލިސް (ކ، އއ، އދ އަދި ވ  އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އއ ރަސްދޫ
  5. ސައުތު ސެންޓްރަލް  ޕޮލިސް (މ، ފ، ދ، ތ އަދި ލ  އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ލ. ގަން، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ދ. ކުޑަހުވަދޫ
  6. ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އައްޑޫ ސިޓީ، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ގދ. ތިނަދޫ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.