ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެއް ކަމަށްވާ، ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. 

މިއީ ކޮވިޑްއާއެކު މާލެ ލޮކްޑައުން ކުރި ފަހުން ރައީސް ސޯލިހު، މާލެއިން ބޭރު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. ރައީސް އެ ރަށަށް ވަޑައިގަންނަވާނީ ވެސް ހަވީރެވެ. 

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެ އެއާޕޯޓް ސިފަ ވަނީ ވަރަށް ރީތި އެއާޕޯޓެއްގެ ގޮތުގައެވެ. އިއްޔެ ހެނދުނު ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ވަނީ ޖައްސާފައެވެ. 

ހޯރަފުށީ ކައިރީ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ ސަރުކާރަށް މަޝްރޫއު ފެށޭ ވަރެއް ނުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. އަދި ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.