އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް -- ފޮޓޯ:ރާއްޖެޓީވީ

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޝަރީފް މިއަދު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި މަގާމުން އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ލިޔުއްވާފައިވަނީ އޭނާ އަށް މަގާމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުމާއި އެކު، އެހެން ބޭފުޅަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން އިލެކްޝަންސްގެ މެމްބަރެއްގެ ގޮތުންނާއި ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް އިޚްލާސްތެރިކަމާއި އެކު ޚިދުމަތް ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ސިޓީ ނިންމަވާލެއްވީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ސޯލިހާއި ރައްޔިތުން ކުރެއްވި އިތުބާރަށާއި ކޮމިޝަންގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ.

ޝަރީފަކީ މީގެ ކުރިން އީސީ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އީސީގެ މެންބަރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.