ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު 100 އިން މައްޗަށް އަަރައިފި އެވެ.

ކޮވިޑް-19 ގެ ވަރަށް ބާރަށް ފެތުރި، އެ ބަލީގެ ބިރު ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން ދުވާލަކަށް ޕޮޒިޓިވް ވަނީ 50 އަށް ވުރެ މަދު މީހެކެވެ. އެހެން ނަމަވެސް އަނެއްކާވެސް ލުއިތަކެއް ދިނުމުން ކޭސްތައް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ އިންޒާރު ދީފަ އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިއަދު 110 އަކަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 31 ދިވެހިންނާއި 79 ބިދޭސީން ހިމެނޭ ކަމަށް އެ އެޖަންސީ އިން ބުންޏެވެ. މި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެއިން 86 ކޭސްއަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 24 ކޭސްއެވެ. 

މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،314 އަށް އަރައިފަ އެވެ. އަދި ރަނގަޅު ނުވެ 947 މީހުން އެބަތިއްބެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 44 މީހަކު ވަނީ މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.