ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހްމަތުކޮށް އައްޑޫއިން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކުރީ އެ އަމުރު ބާތިލްކޮށްދޭން އެދި ހައިކޯޓަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުށައެެޅި މައްސަލައިގައި މިއަދު ނެރުނު ހުކުމުގައި އެވެ. ހައިކޯޓުން ނެރުނު އަމުރުގައި އެ ފަސް މީހުން އަލުން ހައްޔަރުކޮށް މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 15 ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން އައްޑު ސިޓީގައި ހިންގި އޮޕަރޭޝަނުގައި 8 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ފަސް މީހުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ގްރޭޓާ މާލެ އޭރިއާގެ އިތުރުން ރާއްޖޭގެ އެކި ރާއްޖޭގެ އެކި ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަަރުގަދަކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.