ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް- ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނަބަލުން ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އުމުރުފުޅުން 70 އަހަރުގެ ނަސްރީނާ ގެންދަވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަމުންނެވެ.

ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް މައުމޫނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުހޯއްދެވިއެވެ. އެމަނިކުފާނަށް އޯގަސްޓް 25 ގައި ފަރުވާ ދޭން ފެށުމަށް ފަހު ބަލިން ރަނގަޅުވެ ހޮސްޕިޓަލުން  ދޫކޮށްލީ ސެޕްޓެމްބަރު 14 ގަ އެވެ.

މެޑަމް ނަސްރީނާ ކޮވިޑަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ ދެމަފަރިކަނބަލުންވެސް ކުރިން ވަނީ ކޮވިޑް- 19 އިން ރައްކައުތެރިވުމަށްޓަކައި ވެކްސިން ޖައްސަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.