ހެންވޭރު ކޮޅުގައި ގާއިމްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ސަރަހައްދުގައިވާ ޕާކިން ޒޯނުން ޖާގަތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. 

އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މަހަކު 3000 ރުފިޔާގެ ރޭޓުން މި ޕާކިން ޒޯނުން 57 ޖާގަ ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. މި ޒޯނުން ޕާކް ކުރުމުގެ ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކްޕަށް ކަމަށް އެ އިއުލާނުގައި ވެއެވެ. މި ކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 22 ނޮވެމްބަރ 2020 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. 

މި ޒޯނުތަކަށް އެދެވެނީ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި މިކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލްއިން ޕާރކިންގ ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް އެނގިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.