ސެލޫން ހިންގާ ފަރާތްތަކާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވަނީ ސެލޫން ހިންގާ ފަރާތްތަކާއި ބައްދަލުކުރައްވާ، ކޮވިޑް19 އާއި ގުޅިގެން އެ ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތަކާއި ގެއްލުންތައް އޮޅުން ފިލުއްވާފައިކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެއްވާއިރު، އެ ފަރާތްތަކުން ދެއްވި ލަފަޔަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޕެންޑެމިކް ތެރޭގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިގްތިސާދަށް ބޮޑެތޮ ގެއްލުންތަކެއް ލިބުނެވެ. ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަލެއް ވަމުންދާއިރު، މީގެ އެންމެ ނޭދެވޭ އަސަރު ކުރި ވިޔަފާރިތަކުގެ ތެރޭގައި ސެލޫންތައް ހިމެނެއެވެ.