މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އަހުމަދު ނަޝީދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ނަޝީދު އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުން ފެންވަރުގަ އެވެ. ނަޝީދު މިހާތަނަށް ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމުގައެވެ.
އަޙްމަދު ނަޝީދު ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ނަޝީދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓަރ އޮފް އިންޖިނިއަރިންގ ސައިންސް (ރިނިއުބަލް އެނަރޖީ އިންޖިނިއަރިންގ) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.