މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ދެ މަޝްރޫއެއް ކުރިއަށް ގެންދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން ހާއްސަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރި ކުރުމަށްޓައި ފަށާފައިވާ މަޝްރޫއު ކުރިއަށް ދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ 7000 ފްލެޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެ ފްލެޓްތަކުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެފައި ވާ ކަމަށެވެ. އަދި އޭގެ އިތުރުން 4000 ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނި ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ

ރައީސް ސޯލިހް މިހެން ވިދާޅުވީ "ގެދޮރުވެރިޔާ" ލޯނު ސްކީމްގެ ނަމުގައި ލޯން ސްކީމެއް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މިއަދު ފަށާ އެއް މަސައްކަތަކީ ހާއްސަކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށެވެ. އަދި މި ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ޚަލާސްކުރާ ގޮތަށް، ތައާރުފުކުރާ ލޯނު ސްކީމެއް ކަމަށެވެ. މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި، ނޫނީވިއްޔާ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި، ނޫނީވިއްޔާ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ. 

މި ސްކީމުގެ ދަށުން ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ގިނަވެގެން ހަތް ލައްކަ ރުފިޔާ ކޮންމެ މީހަކަށް ދޫކުރާނެއެވެ. އަދި ލޯނު އަނބުރާ ދައްކާއިރު ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5000 ރުފިޔާއެވެ.

7
3
2
1
4

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.