ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗުގައި ޕޮލެންޑްގެ މައްޗަށް ސްލޮވާކިއާ ކުރި ހޯދައިފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓަރސްބާގުގައި ކުޅުނު މި މެޗު ސްލޮވާކިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ސްލޮވާކިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ 18 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑަކީ ޕޮލެންޑްގެ ކީޕަރު ސެޒްނީ އަތުން ބައިކޮޅަށް ވަން ލަނޑެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ވެސް މާ ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސްލޮވާކިއާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ކުޑަ ވަގުތުކޮޅެއް ނުވަނީސް ޕޮލެންޑުން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑު 46 ވަނަ މިނެޓުގައި ޖަހައިދިނީ ކެރޮލް ލިނެޓީއެވެ. އެހެން ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި ޕޮލެންޑްގެ މިޑްފީލްޑަރު ކިރިޗޮވިއާކްއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި މެޗުން ސްލޮވާކިއާ މޮޅުވި ލަނޑު 69 ވަނަ މިނެޓުގައި ޖަހައިދިނީ މިލާން ސްކްރިނަރ އެވެ.

މި މޮޅާއެކު ސްލޮވާކިއާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. އަދި ޕޮލެންޑް އޮތީ ގްރޫޕްގެ ފުލުގައެވެ. ގްރޫޕްގެ ދެވަނަ މެޗުގައި ސްލޮވާކިއާ ސްވިޑެންއާ ދެކޮޅަށް ނުކުންނައިރު ޕޮލެންޑް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.