މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް މ.މެއިންޒް، އަލްފާޟިލް މުހައްމަދު އިމްރާން އަދުނާން އިންތިޙާބުކޮށްފިއެވެ. 

އިމްރާން އިންތިޙާބުކުރުން އޮތީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައެވެ. ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭވުމަށް ނިންމީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން 2 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭއިރު، 27 ސެޕްޓެމްބަރުގައި ބޭއްވުނު އާންމު ޖަލްސާގައި އިންތިހާބުކުރެވުނީ އެންމެ ހިއްސާދާރަކަށް ކަމަށްވާތީއެވެ. ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ އަނެއް ޑިރެކްޓަރު އިންތިހާބުކުރުމުގެ ގޮތުންނެވެ.

5،577،217 ހިއްސާ ތަމްސީލުކޮށްފައިވާ މި ޖަލްސާގައި އިމްރާން އިންތިޙާބުކުރެވުނީ 78 ޕަސެންޓު ވޯޓުންނެވެ. މުހައްމަދު އިމްރާންއަކީ ކުރިންވެސް އެމްޓީސީސީގެ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމް ފުރުއްވާފައިވާ ފަރާތެކެވެ. މި މަގާމަށް ދެން ވާދަކުރީ މ.ޝެހެނާޒްމަންޒިލް، އަލްފާޟިލް އަބްދުﷲ ސައީދުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.