އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ (ވ) އަދި އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ (ކ)

ކޮވިޑް-19 އާ ދެކޮޅަށް ކުރާ ކަންކަމުގައި ކޮރަޕްޝަނުގެ ހިރާސް (ރިސްކް) ކުޑަކުރާނެ ގޮތްތަކާ ބެހޭ އިރުޝާދު ނާމާއެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމު ކޮށްފިއެވެ.

އޭސީސީން ބުނީ ކޮވިޑާ ދެކޮޅަށް ދައުލަތުން ކުރާ ބޭނުންތެރި، މުހިންމު މަސައްކަތްތައް ކޮރަޕްޝަންގެ މުޑުދާރު އަމަލުތަކުން ރައްކާތެރިކޮށް ނަޒާހަތްތެރިކަން ޔަގީން ކުރުމަށް އެ ކޮމިޝަނުގެ އިރުޝާދުތަކަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭސީސީން އާންމު ކޮށްފައިވާ އިރުޝާދުނާމާގައި ވަނީ މައިގަނޑު 7 ކަމެއް ފާހަގަ ކޮށްފައެވެ.

އޭސީސީން ފާހަގަކޮށްފައިވާ 7 ކަންތައް:
  1. ދެފުށް ފެނުމާއި ޖަވާބުދާރީވުން ދެމެހެއްޓުން
  2. ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓްގެ ނިޒާމުގައި ހިންގާ ކޮރަޕްޝަން މަދުކުރުން
  3. ފާރަވެރިވުމުގެ ނިޒާމްތައް ހަރުދަނާ ކުރުން
  4. އިޖުތިމާއީ އަދާލަތު ގާއިމްކޮށް ނިންމުން ނިންމުމުގައި ނަޒާހަތްތެރިކަން ޔަގީން ކުރުން
  5. އިގްތިސޯދީ ސްޓިމިއުލަސް/ރިލީފާ ގުޅޭ ކަންކަމާއި، ކާރިސާއާ ގުޅިގެން އަލަށް ހިންގާ ޕްރޮގްރާމްތަކުގެ ނަޒާހަތްތެރިކަން ޔަގީން ކުރުން
  6. ލިޔެކިއުން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާ ކުރުން
  7. އިދާރާތަކުގެ ހިންގުމުގެ ނިޒާމުގައި ކޮރަޕްޝަނަށް އޮންނަ ފުރުސަތު ހަނިކުރުން

އޭސީސީން ބުނީ، އެ ކޮމިޝަނުން އާންމުކޮށްފައިވާ އިރުޝާދުތައް ފުރިހަމައަށް ތަންފީޒުކޮށް، އަމަލު ކުރުމަކީ ދައުލަތުން ކުރަމުންގެންދާ މަސައްކަތަށް ރައްޔިތުން އިތުބާރު ކުރާނެ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.