ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. އެމަގާމަށް ހަމަޖައްސާފައިވަނީ ޑރ. މުޙައްމަދު އިބްރާހީމް ކަމަށް ބްރޯޑްކޮމް އިން ވަނީ ހާމަކޮށްފައެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޑރ. މުޙައްމަދު އިބްރާހީމް އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ މަޤާމަށް ކުރިމަތިލި ފަރާތްތަކާ ކުރެވުނު އިންޓަރވިއުގައި އެންމެ މަތިން މާކްސް ހޯއްދަވާފައިވާތީ ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ. މުޙައްމަދު އިބްރާހީމް މީގެކުރިން ހުންނެވީ ޑްރަގް ކޯޓްގެ އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމުގައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ޑރ. މުޙައްމަދު އިބްރާހީމް ހަވާލުވެޑައިގަތުމާ ގުޅިގެން، ކޮމިޝަންގެ މެމްބަރުންނާއެކު ތަޢާރަފްވުމުގެ ބައްދަލުވުމެއް މިއަދު ބޭއްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ކޮމިޝަންގެ މަސްޢޫލިއްޔަތުތަކާއި ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ. 

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ނާސިޙް، ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން، އެ މަޤާމުން ވަކިވެވަޑައިގަތުމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.