އޭޝިއާ އަދި ޕެސިފިކަށް ނިސްބަތްވާ 15 ގައުމެއް ހިމެނޭގޮތަށް ދުނިޔޭގެ އެންމެ ބޮޑު ޓްރޭޑް ބްލޮކްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް (އާރު.ސީ.އީ.ޕީ) ގައި ހިމެނެނީ އޮސްޓްރޭލިއާ، ނިއު ޒީލެންޑް، ބްރޫނާއި، ލާއޯސް، ވިއެޓްނާމް، ޗައިނާ، ކެމްބޯޑިއާ، މިޔަންމަރ، ޖަޕާން، ދެކުނު ކޮރެއާ، ތައިލޭންޑް، މެލޭޝިއާ، ސިންގަޕޯރ، ފިލިޕީންސް އަދި އިންޑޮނޭޝިއާއެވެ. މިއީ މުޅި ދުނިޔޭގެ އިގްތިޞާދުގެ އުފެއްދުންތެރިކަމުގެ ތިން ބައިކުޅަ އެއްބައި ހިއްސާކުރާ ގައުމުތަކެވެ. މި އެއްބަސްވުމާއެކު އާރު.ސީ.އީ.ޕީ ވެގެންދާނީ ދުނިޔޭގެ ތާރީހުގައި ސޮއިކުރެވިގެންދިޔަ އެންމެ ބޮޑު ޓްރޭޑް ބްލޮކް އެގްރީމަންޓަށެވެ. 

މިއީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ. އެގޮތުން މި އެއްބަސްވުމުގައި އެމެރިކާ ނުހިމެނޭއިރު 2017 ވަނަ އަހަރު ރައީސް ކަމާއި ހަވާލުވެވަޑައިގެން ޑޮނާލްޑް ޓްރަމްޕް ވަނީ އޭޝިއާ ޕެސިފިކް ޓްރޭޑް ޕެކްޓުން އެމެރިކާ ވަކިކޮށްފައެވެ. 

މި ސޮއިކުރެވުނު އައު އެއްބަސްވުން ގާއިމްކުރުމަށް މިދިޔަ އަށް އަހަރު ދުވަހު ވަނީ މަޝްވަރާ ކުރެވިފައެވެ. އިންޑިއާއިން ވެސް މި މަޝްވަރާތަކުގައި ބައިވެރިވި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ ގައުމުން ވަނީ މި އެއްބަސްވުމުގައި ސޮއި ނުކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ތަނުގައި ވެސް މި ޕާޓްނާޝިޕާއި ގުޅުމުގެ ފުރުސަތު އިންޑިއާއަށް އޮތް ކަމަށް ލީޑަރުން ވަނީ ބުނެފައެވެ. 

 މި އެއްބަސްވުމުގައި ސޮއިކުރެވުނީ އާސިއާންގެ ވާރޗުއަލް ސަމިޓްގެ ހަވާސާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ގައުމުތަކުގެ ލީޑަރުން ގަބޫލުކުރައްވާ ގޮތުގައި މި އެއްބަސްވުމާއެކު ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ އިގްތިޞާދީ ގޮންޖެހުންތަކުން އަރައި ގަތުމަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.