ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު 11:19 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާހޯދަމުންދިޔަ 55 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށެވެ.
އެއާއި އެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 198 އަށް އަރާފައެވެ.
މިހާރު ރާއްޖެއިން ރިޕޯޓުކުރާ ކޮވިޑްގެ ކޭސްތައް ވަނީ މަދުވާން ފަށާފައެވެ. އެގޮތުން އިއްޔެ ރިޕޯޓުކުރީ 224 ކޭސްއެވެ.
މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 9326 އަށް ދަށްވެފައެވެ.