ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ސަރުކާރުން އިސްލާހު ގެނެސްފައިވާކަމަށް ދެކެވޭ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދޮގުކުރައްވައިފި އެވެ.
މިނިސްޓަރ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފަހުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނެވުނު ބަދަލުގަައި އެއަރ ޓްރެފިކް އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށްވެސް ހުއްދަ ނުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ އެއާޕޯޓެއް ނަމަވެސް އެކަމަކީ ދައުލަތުން ކުރާނެ މަސައްކަތެއްކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނެވުނު ބަދަލުގައި އޮޅުން އަރަފަދަ ބަސްތައް އިސްލާހްކޮށް، އިތުރަށް ސާފަވާނެހެން ބަސްތައް ބަދަލުކުރައްވާނެ ކަމަށެވެ.
Recent amendment to Foreign Direct Investment does not allow operation of air traffic by a private investor whether foreign or local. In any airport in the Maldives this will be conducted by the State. To remove any misunderstanding will be changing the wording to reflect clearly
— Fayyaz Ismail (@faya_i) June 14, 2021
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި ބަދަލުކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ބޭރުގެ ވިޔަފާރިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ފުރިހަމަ ބާރު އިކޮނޮމިކް މިނިސްޓްރީންދީފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އިކޮނޮމިކް މިނިސްޓްރީން ގެނައި ބަދަލުގައިވާކަމަށެވެ.