ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 10:50 ގައި މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާއަކީ އުމުރުން 79 އަހަރުގެ ދިވެއްސެއް ކަމަށާއި މަރުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވެި 43 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 12،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެހެން ނަމަވެސް މިހާރު ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރު ކުރިޔާ އަޅައިބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.