ފުލުހުން މީހަކު ހައްޔަރު ކުރަނީ - ފޮޓޯ: މޯލްޑިވްސް ޕޮލިސް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި 60،000 އަށްވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ބީއެމްއެލްގެ ނަމުގައި މަކަރާއި ހީލަތުން 60،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އުމުރުން 34 އަހަރުގެ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 10 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ކޯޓުން ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ނަމުގައި ސޯޝަލް މީޑިއާ އަދި ފޯނު މެދުވެރިކޮށް މަކަރާއި، ހީލަތުން ފައިސާ ހޯދުން ގިނަ ވެފައިވާއިރު، ބެންކު ކާޑު އަދި އެކައުންޓުގެ ތަފްސީލްތައް ހޯދަން ބީއެމްއެލްއިން ނުގުޅާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން މައުލޫމާތު ހޯދުމަށް އަންނަ އެފަދަ ކޯލުތަކާއި، މެސެޖްތަކަށް ޖަވާބު ނުދިނުމަށް ބީއެމްއެލް އިން ވަނީ މީގެ ކުރިން އިލްތިމާސްވެސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.