ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ވަޑައިނުގެންނެވީ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން ކުރިއަށްގެންދާ އިންކުއަރީގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުއްވާތީކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ޖަރުމަނުގައި އަދިވެސް ފަރުވާ ހޯދަވަމުން ކަމަށެވެ. އަދި މީގެ ދެ ދުވަސްކުރިން ރައީސް ނަޝީދު ސާރޖަރީއެއް ހެއްދެވިކަމަށް އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަބަރު ލިބޭގޮތުން އެމަނިކުފާނުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން.

އެއަށްފަހު މަޖިލީހުގެ ނައިބް ރައީސް އީވާ އުޅުއްވަނީ ވަރަށް ބިޒީކޮށް ކަމަށް އަފީފް ވިދާޅުވި އެވެ. އެގޮތުން އީވާ މިވަގުތު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީގެ މަސައްކަތްކަމަށް އަފީފް ވިދާޅުވިި އެވެ.

އަފީފް ވިދާޅުވީ 241 ކޮމެޓީގެ މަސައްކަތުގައި ބިޒިކޮށް އުޅުއްވާތީ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވުމަށް އީވާ އުޒުރުވެރިވެވަޑައިގަންނަވާކަމަށެވެ. އެއީ 241 ކޮމެޓީގެ ބައްދަލުވުންތައް އެކި ވަގުތުތަކުގައި ކުރިއަށްދާތީކަމަށް އަފީފް ވިދާޅުވި އެވެ. އެގޮތުން ހެނދުނު 9:00 ގައި ވެސް ބައެއް ބައްދަލުވުންތައް ކުރިއަށްގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމަ އިއްޒަތްތެރި ނައިބް ރައީސް، ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ.

ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 241 ކޮމެޓީއަށް އަންނަނީ ގނަ ފަރާތްތަކެއް ހާޒިރުކުރަމުންނެވެ. އެގޮތުން ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އިންކުއަރީގެ ބޭނުމަށް ކޮމެޓީއަށް ހާޒިރުކުރަންޖެހޭ ހުރިހާ ފަރާތްތަކެއް ހާޒިރުކުރާނެ ކަމަށެވެ.

މިހާތަނަށް އައިއިރު، އެމްއެންޑީއެފްގެ ގިނަ ވެރިންނާއި އޮފިސަރުން ވަނީ ހާޒިރުކޮށްފަ އެވެ. އަދި ކޮމިޝަނަރަ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާގޮތަށް ފުލުހުންގެ އިސް ބޭފުޅުންވެސް އެކި ފަހަރުމަތިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއެއް ހަދަން އިގުރާރުވެއްޖެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.