އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯންތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެ ކޯޕަރޭޝަން އިން ހުޅުވާލައިފި އެވެ.

މީގެ ކުރިން އެސްޑީއެފްސީއަށް ލޯނަށް އެދި ހުށަހެޅޭނީ އެ ކޯޕަރޭޝަންގެ ކައުންޓަރުން ނުވަތަ އީމެއިލްއަށް ފޮނުވައިގެނެވެ. 

އެހެން ނަމަވެސް އެ ކޯޕަރޭޝަން އިން މިއަދު ބުނީ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމްތައް ހުށަހަޅާ ގޮތައް ބަދަލު ގެނެވިފައިވާ ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯން އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް ވެސް އެސްޑީއެފްސީ އިން ބުންޏެވެ.

އެސްޑީއެފްސީގެ ވެބްސައިޓުގައިވާ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ސަރުކާރުގެ އެހެން ޕޯޓަލްތަކަށް ވެސް ވަނުމަށް ބޭނުންވާ އީފާސް އެކައުންޓެއް ބޭނުންވެ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ލޯންތަކުގެ މަސައްކަތް ކުރިޔަށް ދާ ގޮތުގެ ސްޓޭޓަސް އަޕްޑޭޓުތައް ބެލޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.