ދިވެހި ރާއްޖެއިން ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހުމަދު ހަމަޖެއްސުމަށްޓަކައި ފޮނުވާފައިވާ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ދިރާސާ ކުރާނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީންނެވެ.
ޑރ. އާސިމް އަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބެވެ. ރާއްޖޭގެ ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އާސިމް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ޑރ. އާސިމް ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.