އިންޑިއާގައި ކޮވިޑް ޖެހި، އެ ބަލިން ރަނގަޅުވީ ދުވަސްވީ މީހަކު ހޮސްޕިޓަލުން ދޫކޮށްލަނީ - ފޮޓޯ: ޕީޓީއައި

އިންޑިއާގައި ފާއިތުވެިދޔަ 74 ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް ކޮވިޑްގެ ކޭސްތައް ދަށަށް ގޮސްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެެއަރ އިން ބުނީ، އެގައުމުން ހަފްތާއެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 5 އިންސައްތައިން 4.54 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް 4.72 އިންސައްތައަށް ކުޑަކުރެވިފައިވާއިރު، މިއީ މި އަދަދު 21 ދުވަހަަށްފަހު 10 އިންސައްތައަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

އިންޑިއާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ދަށަށް ގޮސްފައިވާއިރު، މިއީ 74 ދުވަސް ފަހުން މި އަދަދު ދަށްކުރެވުނު ފުރަތަމަ ފަހަރު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އިންޑިއާއިން ފާއިތުވެދިޔަ 32 ދުވަހު ޕޮޒިޓިވްވާ މީހުންނަށްވުރެ އެ ބަލިން ފަސޭހާވާ މީހުން ގިނަ ކަމަށް އެގައުމުން ބުނެފައިވާއިރު، ބަލިން ފަސޭހާވާ ނިސްބަތް އުޅެނީ 95.43 އިންސައްތައިގައެވެ.

މީގެއިތުރުން އިންޑިއާގެ ހެލްތުން ބުނީ، މިހާތަނަށް 37.96 ކްރޯ ކޮވިޑް ޓެސްޓު އެގައުމުން ކޮށްފައިވާ ކަމަށާއި، ވެކްސިން ޕްރޮގްރާމްގެ ދަށުން ޖުމްލަ 37.96 ކްރޯ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. އަދި އެކްޓިވް ކޭސްތައް 10 ލައްކައަށްވުރެ މަދުވެފައިވާއިރު، މިއީ ފާއިތުވެދިޔަ 66 ދުވަސް ތެރޭގައި މި އަދަދު ދަށްވި ފުރަތަމަ ފަހަރު ކަމަށްވެސް އެ  މިނިސްޓްރީން ބުނެއެވެ.

ކޮވިޑަށް އިންޑިއާއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި:
  • ޕޮޒިޓިވްވީ - 70،421 މީހުން
  • ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ - 3،021 މީހުން
  • ބަލިން ފަސޭހަވީ - 1،19،501 މީހުން
  • އެކްޓިވް ކޭސްގެ ގޮތުގައި - 9،73،158 މީހުން
އިންޑިއާއިން ކޮވިޑަށް މިހާތަނަށް ޖުމްލަ: 
  • ޕޮޒިޓިވްވީ - 2,95,10,410 މީހުން
  • މަރުވީ - 3,74,305 މީހުން
  • ބަލިން ފަސޭހަވީ - 2،81،62،947 މީހުން
  • ވެކްސިން ޖެހީ - 25,48,49,301 މީހުނq
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.