Transport Ministry
މާލޭ މަގުމަތީގެ މަންޒަރެއް ފޮޓޯ: ވަގުތު

ކުރިންވެސް އަމަލުކުރަމުން އައިގޮތަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ އެންމެން ޓްރޭސް ކުރަން ނިންމައިފިއެވެ.

މިކަން އިއުލާން ކުރީ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ އެންމެން ޓްރޭސް ކުރަމުން ދިއުމަށްފަހު، އެ އުސޫލު ބަދަލު ކުރީ ކޭސްތައް ގިނަވެ، ކޮންމެ ދުވަހަކު ހާހުން މީހުން ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން މޭ 20 ގައި ނިންމީ، ކޮންޓެކްޓްވާ މީހުންގެ ތެރެއިން ޓްރޭސް ކުރާނީ ހަމައެކަނި ހައި ރިސްކު މީހުންނެވެ. މި ބަދަލު ގެނެސްފައި ވަނީ ހަމައެކަނި މާލެ ސަރަހައްދުން ކޮންޓެކްޓްވާ މީހުންނަށެވެ. ހައި ރިސްކު މީހުންގެ ގޮތުގައި ބަލަނީ އުމުރުން ދޮށީ މީހުންނާއި، އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާ އަދި ނޭވާ ލުމުގައި ދަތިތައް ހުންނަ މީހުންނެވެ.

އޭރު ނިންމާފައިވާ ގޮތުން، ކޮންޓެކްޓް ވާ ހައި ރިސްކު ނޫން މީހުން ޖެހެނީ ކޮންޓެކްޓްވި ކަން އަމިއްލައަށް އެޗްޕީއޭއަށް އަންގާށެވެ. ހައި ރިސްކް ނޫން މީހުންނަށް ގާނޫނީ ލިޔުން ވެސް ލިބެނީ މިފަދައިން އަމަލު ކުރުމުންނެވެ. ނަމަވެސް ކޭސްތައް ދަށްވަމުން ދިއުމާ ގުޅިގެން ކުރިން ކުރަމުން ދިޔަ ގޮތަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

0
2
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.