އައްޑޫ ސިޓީގައި ކޮވިޑް-19އަށް ޕޮޒިޓިވް މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް އެ އަދަދު އިތުރުވެއްޖެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިރޭ ހާމަކުރި ގޮތުގައި މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ލިބިފައިވާ ނަތީޖާތަކުގެ ތެރެއިން އަލަށް 23 މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި އެންމެނަކީވެސް އައްޑޫ ސިޓީ ހިތަދޫ އިން ޕޮޒިޓިވް މީހުން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ހިމެނެ އެވެ.

އައްޑޫ ސިޓީން މިހާތަނަށް 347 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ބަލިން ފަސޭހަ ނުވެ ތިބީ 71 މީހެކެވެ. އަދި މި ބަލީގައި އައްޑޫ ސިޓީން ދެ މީހަކު މަރުވެފައިވާއިރު ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދަނީ އެކަކަށެވެ.

އައްޑޫ ސިޓީގައި މިވަގުތުވެސް ވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައި އެވެ. އަދި އައްޑޫ ސިޓީގައި ފާއިތުވި ހަފްތާއެއްހާ ދުވަހު ކޮވިޑަށް ޕޮޒިޓްވެފައިވާ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.