ސަރުކާރުގެ ބޯހިޔާވަހިކަމާއި ގުޅޭ މުހިންމު ކަންތައްތަކެއް މާދަމާ ރޭ ހާމަކުރަން ނިންމައިފިއެވެ.
ސަރުކާރުގެ އޮފިޝަލް ސޯޝަލް މީޑިއާ ހޭންޑްލްތަކުން ވަނީ މި އިވެންޓަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާފައެވެ. މި ހާއްސަ އިވެންޓު ރާއްޖޭގެ ހުރިހާ ޗެނަލަކުންވެސް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
We have a very special announcement regarding our Housing Policy tomorrow evening at 2130hrs.
The event will be broadcast live on all local TV stations #Gedhoruveriya pic.twitter.com/OeZt6Pp52u
— Government of Maldives (@governmentmv) June 13, 2021
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވަނީ ސަރވޭއެއް ހަދާފައެވެ. މާލޭގެ ހައުސިންގ ނީޑް ދެނެގަތުމަށްޓަކައި ހެދުނު އެޕްލިކޭޝަން އެސެސްމެންޓް އޮން "ހިޔާ" ހައުސިންގ ސްކީމް އިން އެނގުނު ގޮތުގައި މާލޭގައި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި 17،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އެބަދެއެވެ.
އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުން ކޮންމެ އާއިލާއަކަށްވެސް ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ވެއްޓެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ހާސިލްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް އިއުލާންކުރައްވާފައެވެ.