ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ހދ. އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ ޓްރާންސްޕޯޓްގެ ބައެއް ޚިދުމަތްތައް މެދުކަނޑާލާފައިވަނީ ކޮވިޑް-19 ރޯގާ ކުޅުދުއްފުށީގައި ފެތުރެމުން ދާތީ އެއިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިއާއެކު، މިއަދުން ފެށިގެން އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުމުގެ އިތުރުން އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުން ވަނީ ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.
ކުުދުއްފުށި ސިޓީގައި ވަނީ އެސިޓީގެ މާލެ ދަތުރުކުރާ ދެ ބޯޓެއްގެ ފަޅުވެރިން ޕޮޒިޓިވްވެ ބޮޑު 2 ކްލަސްޓަރ އުފެދިފައެވެ. އެހެންކަމުން އެފަރާތަތަކާއި ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލްނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.