އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ކޮޗިންގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16، 20 އަދި 21 ގައި ކަމަށާއި، އަދި ޓްރިވެންޑްރަމްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19، 21 އަދި 24 ގައެވެ.
މި ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ދީރާސީ އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން އަމިއްލަ ގައުމަށް ޗުއްޓީ ހޭދަކޮށްލުމަށް ދިއުމަށްޓަކައި އެ ޓީޗަރުންނަށް އަމާޒުކޮށް ކަމަށެވެ.
މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިންޑިއާ ޓީޗަރުންނަށް ހާއްސަކޮށް މިމަހުގެ 18 ގައި ކޮޗިންއަށް އަދި 19 ގައި ޓްރިވެންޑްރަމްއަށް ދަތުރުތަކެއް ބާއްވަންވެސް ނިންމާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މިދުވަސްވަރު ދަތުރުފަތުރު މަދުވުމާއި ބަލީގެ ނުރައްކާ އިތުރުވުމުން ވަމުން ދިއުމާއި ގުޅިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ނިމުނު މެއި މަހުގެ ތެރޭގައި ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، އޮންލައިންކޮށް ހިދުމަތް ދޭން މިހާރު ވަނީ ފަށައިފައެވެ.
މިއާއެކު، ޓިކެޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް އެ ކުންފުނީގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮަށް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.