ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު ހުއްޓުވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވާފައިވަނީ 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
ރާއްޖެއަށް މި މީހާ އެތެރެވާން އުޅުނީ ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަސްޓަމުން ވަނީ މައުލޫމާތު ދީފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅޭ ބިދޭސީން ގިނަވުމާއި ގުޅިގެން އެފަރާތްތައް ދެނެގަތުމަށްޓަކައި ދާދި ފަހުން ވަނީ ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ.
އެގޮތުން ފިންގަ ޕްރިންޓާއި، ސެކިއުރިޓީ ސޮފްޓްވެއަގެ އިތުރުން ކެމެރާވެސް ފަހުގެ ސޮފްޓްވެއަތަކަށް ވަނީ އިތުރުކޮށްފައެވެ.