ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ކުރިޔަށް ދަނީ - ފޮޓޯ: ހަފްތާ

ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 2 މީހަކު ހުޅުމާލެ މެޑިކަލް ފެސިޓީގައި މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑުގައި މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އުމުރުން 63 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މފަރުވާދެމުން ދަނިކޮށް 63 އަހަރުގެ އަންހެން މީހާ މަރުވީ ރޭ 10:00 ޖެހިއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވާއިރު، 83 އަހަރުގެ ފިރހެން މީހާ މަރުވީ ރޭ ފަތިހު 04:47 ގައި ކަމަށްވެސް އެ އެޖެންސީ މައުލޫމާތު ދެއެވެ.

މި 2 މަރާއެކު، ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 197އަށް އަރާފައެވެ.

 

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ދަށްވަމުންދިޔަ ނަމަވެސް، މަރުވަމުންދާ ނިސްބަތް އަދިވެސް މަދު ނޫންކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.