މ. މުލީ އަދި ށ. ބިލެތްފެހީގައި އެއާޕޯޓް އަޅަން ނިންމީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ރައްދު ދެއްވައިފި އެވެ.

މުލީ އަދި ބިލެތްފެހީގައި އެއާޕޯޓް އަޅަން ނިންމާފައިވާ ކަމަށާއި އަންނަ އަހަރު އެ މަސައްކަތް ފައްޓާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއްޔެ ވަނީ ދާޅުވެފަ އެވެ. އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެ ދެ ރަށުގައި އެއާޕޯޓު އަޅަން ނިންމައި އެކަން އިއުލާން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އެއަށް ރައްދު ދެއްވާ، އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓެއް އަޅަން ރައީސް ޔާމީން ސަރުކާރުން އުޅުނު ނަމަ ބޮޑު ހަރަދުކޮށްފައި މުލީ ހިއްކާނީ އެއާޕޯޓް އެޅޭ ގޮތައް ކަމަށެވެ. އަދި ރައީސް ޔާމީން ސަރުކާރުން ހިއްކި ފަސްގަނޑު ބޭނުމެއް ނުކުރެވޭ ކަމަށާއި އެއާޕޯޓެއް އަޅަން އަލުން ހިއްކަން ޖެހޭނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މުލީ އަދި ބިލެތްފެހީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ބ.ތުޅާދޫގައި ވެސް އެއާޕޯޓެއް އަޅަން ނިންމާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.