ކްރިސްޓިއަން އެރިކްސެން އިތުރު ފަރުވާއަށް ސްޓްރެޗަރުގައި ދަނޑުން ބާލައިގެން ގެންދަނީ | ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޔޫރޯ 2020 ގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގައި ދަނޑު މައްޗަށް ކުއްލި ގޮތަކަށް ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެންގެ ހާލު ސްޓޭބަލް ކަމަށާއި މެޗާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންދާ ކަމަށް ޔުއެފާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި ދަނޑުމަތީގައި އެރިކްސަންއަށް ދިމާވި ކުއްލި ސިއްހީ އިމަރޖެންސީއާ ގުޅިގެން މެދުކަނޑާލި މެޗު އިތުރަށް ކުރިޔަށް ގެންދިޔުމާއި މެދު ގޮތެއް ނިންމުމަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ބައްދަލުވުމެއް ކުރިޔަށްދާ ކަމަށެވެ. އަދި އެރިކްސެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް ވެސް ޔުއެފާއިން ހާމަކުރެއެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު މެޗު މެދުކަނޑާލަން ނިންމީ އެރިކްސެން ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެންނެވެ. އެވަގުތު ދެ ޓީމު ވެސް އޮތީ 0-0 އިން އެއްވަރުކޮށްފައެވެ. ޑެންމާކުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކުއްލި ގޮތަކަށް އެރިކްސެން ދަނޑު މައްޗަށް ވެއްޓުނީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. އޭނާއަށް ދަނޑުމަތީގައި އަވަސް ފަރުވާ ވެސް ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.