ޖީ-20ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކް ގަވަރަނަރުންގެ އެކްސްޓްރާ އޯރޑިނަރީ ބައްދަލުވުމަށްފަހު، އެންޑޯޒްކޮށް ފާސްކޮށްފައިވާ "ކޮމަން ފްރޭމްވާރކް ފޮ ޑެބްޓް ޓްރީޓްމަންޓްސް ބިޔޯންޑް ޑީއެސްއެސްއައި" އަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މި ފްރޭމްވާކްގެ ސަބަބުން ރާއްޖެއަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ތައްޔާރުކުރެވިފައިވާ "ނެޝިނަލް ރެސިލިއަންސް އެންޑް ރިކަވަރީ 2020-2022 " ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ "ޑެބްޓް މެނޭޖްމަންޓް/ދަރަނި މެނޭޖްކުރުމުގެ" ގެ މަޝްވަރާތަކަށް އަލި މަގެއް ފެނިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
ރާއްޖެފަދަ އިޤްތިޞާދީ ގޮތުން ނާޒުކު، ކުދިޖަޒީރާ ގައުމުތަކަށް، މިދަނޑިވަޅުގައި ދަރަނީގެ ލުއި ދިނުމުގެ މުހިއްމުކަން ފާހަގަކޮށް އެކަމާގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަކުރާރުކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ދާދި ފަހުން އޮތް ޖީ77 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އާއި އދ.ގެ އާއްމު މަޖްލީހުގައި ބައްދަލުވުމުގައި މިފަދަ މަސައްކަތެއްގެ މުހިންކަން އެކަމަށް ރާއްޖެ ފަދަ ޤައުމުތަކަށް ދަރަނި އަދާކުރުމުގައު ލުއި ގޮތްތަޖެއް ހޯދައި ދިނުމުގެ މުހުންމުކަމަށް އަލިއަޅުވާލައްވައި އެފަދަ މަގެއް ފަހި ކޮށް ދެއްވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް/ މުޖުތަމަޢަށް ގޮވާލައްވާފައެވެ.