ކޮވިޑް ބަލީގައި އިތުރު މިޙަކު މިއަދު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވަނީ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެންދުނު 10:54 ގައެވެ.
އޭނާ މަރުވަފއިވަނީ ލ. އަތޮޅު ކޮވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެވެމުން ދަނިކޮށެވެ.
އޭނާ އަކޫ ރާއްޖެގައި ކޮވިޑް ބަލީގައި މަރުވި 194 ވަނަ މީހާއެވެ. އޭނާގެ ފަހުންވެސް ވިހުއުމަށް ފަހު ކޮވިޑްބަލީގައި ފަރުވާ ހޯދަމުން ދިޔަ 25 އހަަރުގެ ދިވެހި އަންހެނެއް ވަނީ މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި މަރުވެފައެވެ.
މިއަދުގެ 3 މަރާއެކު ކޮވިޑް ބަލީގައި މިހާތަނަށް ދިވެހިރާއްޖެއިން 195 މީހަކު ވަނީ މަރުވެއެފެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަދު 3 މީހަކު މިހާތަނަށް މަރުވެފައިވާއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރެއްވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 295 މީހަކު ޕޮޒިޓިވްވެފައިވާއިރު، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަނީ 111 އަށް ދަށްވެފައެވެ.