ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަހުލާގު އަށަގަންނުވައި، އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ މުބާރާތް އަމާޒުކޮށްފައި ވަނީ އުމުރުން ފަސް އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށް އިންސާފުވެރިކޮށް ވަނަ ހޮވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ. އަދި އެންމެ މޮޅު ފަސް ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. 

މީގެ އިތުރުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ވެސް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 1500 ރުފިޔާ، ދެވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ، ތިން ވަނައަށް ހޮވޭ ފަރާތަކަށް 700 ރުފިޔާ އަދި ހަތަރު ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފަސްވަނަ އަށް ހޮވޭ ފަރާތަކަށް 300 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކުރެހުންތައް އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.