މިފްކޯ އިން މުޅިން އާ ދެ އުފެއްދުމެއް ބާޒާރަށް ނެރެން ނިންމައިފި އެވެ. 

ސަރުކާރުގެ މަސް ކުންފުނިން އަލަށް ނެރެން ރާވާފައިވާ ދެ އުފެއްދުމަކީ މިފްކޯ ވަޅޯމަސް ދަޅާއި ބޮނބިކުނޑި އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެ ކުންފުނިން އުފައްދާ ބާވަތްތައް އިތުރު ކުރުމާއި ކެޕޭސިޓީ ފުޅާ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެގޮތުން ތަފާތު ބާވަތްތައް ބާޒާރަށް ނެރި ހެޔޮ އަގެއްގައި އެތަކެތި ވިއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން މުޅިން އާ ވަޅޯމަސް ދަޅާއި އޯގަނިކް ބޮނބިކުނޑި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި  ދެ މަހެއްހާ ދުވަސް ތެރޭގައި ވަޅޯ މަސްދަޅު ނެރޭނެ ކަމަށާއި ހަފްތާއެއްހާ ދުވަސް ތެރޭގައި އޯގޭނިކް ބޮނބިކުނޑި ބާޒާރަށް ނެރި ލޯންޗު ކުރާނެ ކަމަށް ފައުޒީ ވިދާޅުވީ އެވެ.

މިފްކޯ އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ގިތެޔޮމިރުސް މަސްދަޅު ނެރެފަ އެވެ. ފައުޒީ ވަނީ އެ އުފެއްދުމަށް ވެސް ބޮޑު ޑިމާންޑެއް އޮންނަކަން ފާހަގަ ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.