ބ. ތުޅާދޫ، މ. މުލީ އަދި ށ. ބިލެތްފެހީގައި އެއާޕޯޓް އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ތިން ރަށެއްގައި އެއާޕޯޓް އެޅުމަށް ރާވާފައިވާ ކަމަށާއި އެގޮތުން ބިލެތްފެއްސާއި މުލީގައި އަންނަ އަހަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން ތުޅާދޫ ގައި ވެސް އެއާޕޯޓް އެޅުމުގެ ޕްލޭނެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ހދ. މަކުނުދޫއަށް ވެސް ވައިގެ މަގުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެކަން ވެސް ފުރިހަމަ ކުރާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ކޮންމެ ރަށަކަށް ބައިގަޑިއިރު ތެރޭ ދަތުރު ކުރުމަށް ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތު ދަމަހައްޓާނެ ކަމަށް މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. މީގެ އިތުރުން ގިނަ އެއާޕޯޓްތަކެއް އެޅުމަކީ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.