ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ޕީޕީއެމް ސަޕޯޓަރުންނާއެކު - ފޮޓޯ: ޓުވީޓަރ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެމްބަރަކަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު، ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ހޮވިވަޑައިގެންފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޔާމީނަށް ލިބިވަޑައިގެންފައިވަނީ 416 ވޯޓެވެ. އޭނާ އާ އެންމެ ގާތުން ވާދަ ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމްއެވެ. ކަރަމް އަށް ލިބިވަޑައިގެންފައިވަނީ 414 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެން ގޮސްފައިވަނީ މިއަދު އެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެކެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ހަތް ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ އިތުރު ކައުންސިލަރުންނަށް ލިބިފައިވަނީ

  1. އަބްދުﷲ ޒާމިރު (ހދ. ވައިކަރަދޫ ކައުންސިލް ރައީސް، އެމްޑީޕީ) 8 ވޯޓު
  2. އަހްމަދު އިބްރާހިމް (ގއ. ދާންދޫ ކައުންސިލް މެމްބަރު، އެމްޑީޕީ) 2 ވޯޓު
  3. އަބްދުﷲ ވަހީދު (ފ. މަގޫދޫ ކައުންސިލް ރައީސް، އެމްޑީޕީ) 4 ވޯޓު
  4. މުހައްމަދު ރަޒީފް (ހއ. ފިއްލަދޫ ކައުންސިލް މެމްބަރު، އެމްޑީޕީ) 4 ވޯޓު
  5. މުހައްމަދު އިލްހާމް (ހދ. ނެއްލައިދޫ ކައުންސިލް މެމްބަރު، އަމިއްލަ ގޮތުން) 21 ވޯޓު އެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ. މިއިންތިޚާބު ކާމިޔަބު ކުރެއްވީ ރަފީގެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި  ކެންޑިޑޭޓް ނަމްބަރު 1 ޑރ. މުއިއްޒުއަށް އަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ. ކެންޑިޑޭޓް ނަމްބަރު 2 ރަފީގަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުގެ ގޮނޑިއަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. އެ މަގާމަށް ނިމާލް ހޮވިވަޑައިގަތީ އިތުރު ކެންޑިޑޭޓަކު ސުންގަޑި ހަމަވިއިރު ކުރިމަތިލައްވާފައި ނުވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.