ކޮވިޑްގެ ވެކްސިން އަންނަ އަހަރު ކުރީކޮޅު ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

ނަސީމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން ދައުލަތުގެ ބަޖެޓް 2021 ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ނުވަތަ ފެބްރުއަރީ ކުރީކޮޅު ކޮވިޑް-19ގެ ވެކްސިން ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޑަބްލިއުއެޗްއޯއާ ގުޅިގެންނެވެ.

ވެކްސިން ގަތުމުގެ ފުރުސަތުވެސް ސަރުކާރަށް އޮންނާނެކަމަށް ނަސީމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، 2021ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓުން ރާއްޖެއަށް ބޭނުންވާވަރަސް ވެކްސިން ގެނެވޭނެކަމަށް އުންމީދުކުރާ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ. ކޮވިޑް އިން އަރައިގަތުމަށް 200 މިލިއަން ރުފިޔާ ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވެއެވެ.

ޓްރައިލް މަރުހަލާގައި އޮތް ވެކްސިނަކަށްވުރެ ޓެސްޓެޑް ވެކްސިންއެއް ގެނައުމުގެ މުހިންމުކަން ނަސީމް ވަނީ ފާހަގަކުރައްވާފައެވެ. ވެކްސިން ރާއްޖެއަށް ލިބޭނީ އެހެން ގައުމްތަކެކޭވެސް އެއްފަދައިން، ބައިބަޔަށް ބަހާލައިގެންނެވެ. މިގޮތުން ވެކްސިން އެންމެ ފުރަތަމަ ލިބޭނީ ފްރަންޓްލައިން އަދި އުމުރުން ދުވަސްވީމީހުންނަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.