އޮތެންޓިކް މޯލްޑިވްސްގެ އައު ފިހާރައެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުޅުވައިފިއެވެ.

ރޭ އެ ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ، އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ. އެކަމަނާގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓް ފައްޔާޒް އިސްމާއިލް އަދި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހުލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ބިޒްނަސް ސެންޓަރ މޯލްޑިވްސްގެ ފަރާތުން ހުޅުވާފައިވާ ޑިއުޓީ ފްރީ ފިހާރައެކެވެ. މި ފިހާރަ ހުޅުވުމާއި ގުޅިގެން ބިޒްނަސް ސެންޓަރ މޯލްޑިވްސް އިން ބުނެފައިވަނީ ލޯކަލް އާޓިސްޓުންގެ މަސައްކަތް ޕްރޮމޯޓް ކުރެވޭގޮތަށް މިފަދަ ފިހާރައެއް ހުޅުމާލޭގައި ހުޅުވުމުން އުފާކުރާކަމަށެވެ. އަދި ފިހާރަ ހުޅުވުމަށްޓަކައި އެޗްޑީސީއިން ވެދެއްވާފައިވާ އެހީތެރިކަމަށް އެ ކޯޕަރޭޝަނަށްވަނީ ޝުކުރު އަދާކޮށްފައެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ރާއްޖޭގެ ފަންނުވެރިންގެ އުފެއްދުންތައް އެއްތާކުން ފެންނާނެފަދަ ނިޒާމެއްގާއިމްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ފިހާރާގައި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު އާންމުކޮށް ސަރުކާރުން ހުޅުވާލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.