މާލެ ސިޓީ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުން ކުރިއަށްދާނީ މިހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުގެރޭ 8:30 ގައި ކަމަށެވެ. އަދި މި ބައްދަލުވުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް ކައުންސިލުން ބުނެއެވެ.
މި ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެންކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރިއަށް އޮތް 5 އަހަރަށް ފާސްކޮށްފައިވާ އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މާލެ ސިޓީގެ ރައްޔިތުންނަކީ ބިންވެރި ބަޔަކަށް ހެދުމަށެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކްޝަން ޕްލޭންގައި ހުރި ކަންކަން ރިއަށް ދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.