ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގައި ވޮލެންޓިއަރ އެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުންނަށް މިފަދަ މައްސަލައެއް ހުށައަޅާފައިވާއިރު ހެލްތު މިނިސްޓްރީގެ އިސް ވެރިއަކު އެޗްއީއޯސީގެ ވޮލެންޓިއަރ އަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ މިނިސްޓްރީން ވެސް ބަލަމުން އަންނައިރު، ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.