ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން

ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ދަރިކަނބަލުން ލިލިބެޓް ޑަޔާނާ އާ ބައްދަލުވުމަށް ކެތްމަދުވެފައި ހުންނެވިކަމަށް ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑުލްޓަން ވިދާޅުވެއްޖެއެވެ.

ކޭޓް މިހެން ވިދާޅުވީ އެމެރިކާގެ ފަސްޓްލޭޑީ ޖިލް ބައިޑެންގެ އަރިހުގައި ސްކޫލަކަށް ކުރެއްވި ޒިޔާރަތެއްގައި ޕްރިންސް ހެރީ އާއި މޭގަންގެ އަލަށް އުފަންވި ދަރިކަނބަލުންނާއި ގުޅޭގޮތުން ރިޕޯޓަަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޭޓް ވިދާޅުވީ ލިލީބެޓް އަށް ރަނގަޅު ގޮތްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ލިލީ އާ އަދި ދިމާނުވާ ކަމަށާއި، އެކަމަނާ ހުންނެވީ ލިލީ އާ ދިމާވުމަށް ކެތްމަދުވެފައިކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ދިމާވާނެކަމަށް އުއްމީދުކުރައްވާ ކަަމަށް ކޭޓް ވިދާޅުވިއެވެ.

ރިޕޯޓަރ އިތުރަށްވަނީ ވީޑިއޯ ޗެޓުން ވެސް އެކަމަނާ އާ ލިލީ އާ ދިމާނުވޭތޯ ސުވާލުކޮށްފައެވެ.

އެސުވާލުގެ ޖަވާބުގައި ކޭޓް ވިދާޅުވީ ވީޑިއޯ ޗެޓުންވެސް އެކަމަނާ އާއި ލިލީ އާ ދިމާނުވާކަމަށެވެ.

ލިލިބެޓް ދުނިޔެއަށް އުފަންވެ ވަޑައިގަތްކަން އިއުލާން ކުރުމާއި އެކު ޕްރިންސް ވިލިއަމް އާއި ކޭޓް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޕްރިންސް ހެރީ އާއި މޭގަންއަށް މަރުހަބާ ދަންނަވާފައެވެ.

ހެރީ އާއި މޭގަން އަށް ލިލިބެޓް ލިބިވަޑައިގެންފައިވަނީ މިހިނގާ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 11:40 ގައެވެ.

ލިލިބެޓް އުފަންވެ ވަޑައިގަތުމާއި ގުޅިގެން ޝާހީ އާއިލާއިން ވަނީ އެދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ.

މޭގަން އާއި ހެރީގެ ދަރިކަނބަލުންނަށް ނަން ދީފައި ވަނީ ރާނީ އެލިޒަބަތު އާއި ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާ އާއި ގުޅުވައިގެންނެވެ. ދަރިފުޅުގެ އާއްމު ނަމަކަށް ކިޔާފައި ވަނީ ލިލިބެޓް ނުވަތަ ލިލީއެވެ. ލިލިބެޓް އަކީ ރާނީ އެލިޒަބަތައް އާއިލާ މެންބަރުން މުހާތަބު ކުރާ ވަނަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.