ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ހެނދުނު 09:55 ހާއރިު ކޮވިޑަށް ފަރުވާ ދެމުންދިޔަ 84 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށެވެ.
މި މަރާއެކު، ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 193އަށް އަރައިފައެވެ.