ގދ.ތިނަދޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ގދ.ތިނަދޫގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ ކަމަށް ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފައެވެ. ސައިކަލުގައި ދެމީހުން ތިބިއިރު، އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އޭނާއަށް އަންނަނީ ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެކްސިޑެންޓާއި ގުޅޭ މައުލޫމާތު އަދި ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *