10 އޭޕްރީލް 2021 - ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ގުނުން ކުރިއަށްގެންދަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން 11:00 އާއި ހަމަޔަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

މި އިންތިހާބުގެ ވޯޓުލުން 10:00 އިން ފެށިގެން ކުރިއަށްދާއިރު އީސީން ބުނީ މިއަދު 11:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ދާނެ ކަމަށެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ. ޑރ. މުއިއްޒުއަށް ކެނޑިޑޭޓް ނަންބަރު 1 ލިބިލެއްވިއިރު ރަފީގަށް ލިބިލެއްވީ 2 އެވެ

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުގެ ގޮނޑިއަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. އެ މަގާމަށް ނިމާލް ހޮވިވަޑައިގަތީ އިތުރު ކެނޑިޑޭޓަކު ސުންގަޑި ހަމަވިއިރު ކުރިމަތިލައްވާފައި ނުވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.