ޔޫރޯ 2020 ގައި ތުރުކީ ކޮޅަށް 3 ލަނޑު ޖަހައި، އިޓަލީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އިޓަލީގެ ރޯމްގައި ކުރިޔަށް ދިޔަ މުބާރާތުގެ ގްރޫޕް "އޭ" ގެ ފުރަތަަމަ މެޗުގެ ފުރަތަމަ ހާފްގައި 2 ޓީމުވެސް ފެނިގެންދިޔައީ ވަރަށް ހުށިޔާރުކަމާއެކުގައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ހާފްގައި ދެޓީމުވެސް ޑިފެންސިވްކޮށް ފެނިގެންދިޔައިރު، އިޓަލީން ވަނީ ތުރުކީގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ.
ދެވަނަަ ހާފް ފެށިގެން އިޓަލީން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، 53 ވަނަ މިނެޓުގައި ތުރުކުރީގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.
އިޓަލީން މެޗުގެ ލީޑު ފުޅާކުރީ 66 ވަނަ މިނެޓުގައި އިމޯބައިލް ކާމިޔާބުކުރި ލަނޑުންނެވެ. އަދި އިޓަލީއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ 79 ވަނަ މިނެޓުގައި ލޮރެންޒޯ އިންސިގްނޭއެވެ.