ގައުމީ ބިން ފޮތިފޮތިވާ ފަދަ މަފްހޫމަކަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމްއާރުއެެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީބިމުގެ ވަޙްދަތަކީ ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެހެންކަމުން ޤައުމީ ބިން ފޮތިފޮތިވާ ފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމާއި ދެކޮޅަށް "އިންޑިއާ އައުޓް" ނަމުގައި ކެމްޕޭން ކުރަމުންނެވެ.

 އެހެން ނަމަވެސް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ޚިތާބުގައި ވެެސް ވަނީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށް ވިދާޅުވެފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.